ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތު ހިންގި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހިމެނޭ މުހައްމަދު އިމޮންގެ ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށް އިންޓަލިޖެންސް ރިޕޯޓްގައި ބަޔާންކުރާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ. އަދި މި މައްސަލައިގައި މުހައްމަދު ޔޫސުފް ޕްރޮދަން އަދި ކަޒި ރައިހާން ބައިވެރިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
މީގެ އިތުރުން އިންޓަލިޖަންސް ރިޕޯޓަށް ބާރުދޭ އިތުރު ޑިޕޮސިޓް ސިލްޕް ހިމެނޭ ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފަ އެވެ.