Advertisement

ދިރާގު ގޭމާސް ގިލްޑްއަށް ސައިން-އަޕްކޮށްގެން އައިފޯން 17 ޕްރޯ މެކްސްއެއް

December 28, 2025 ޑިވެލޮޕަރ Avatar

News Image


ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ރަނުގެ ފުރުސަތު އިއުލާންކޮށްފި އެވެ.

މި އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު ފެބްރުއަރީ 28، 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޑީޖީޖީ އިން ދަނީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަ އިނާމުތަކާއި އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި، ޑީޖީޖީއިން ދަނީ ވާދަވެރި މުބާރާތްތައް އަގުހުރި އިނާމުތަކާއެކު ބާއްވައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ހުނަރުތައް އިތުރުކުރުމަށް އެހީތެރިވެދީ، ހުނަރުތައް ދައްކާލުމަށް އިތުރު ޕްލެޓްފޯމްތައް ހޯދައިދެމުންނެވެ.