Advertisement

ތައިލެންޑްގެ ބޮޑުވަޒީރު މަގާމުން ވަކިކޮށްފި

December 28, 2025 ޑިވެލޮޕަރ Avatar

News Image


ތައިލެންޑުގެ ބޮޑުވަޒީރު ޕޭޓޮންގްޓާން ޗިނަވާތު އަމަލުކުރައްވަންޖެހިވަޑައިގަންނަވާ ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ނިންމައި، އެ ގައުމުގެ އެންމެ މަތީ ކޯޓުން އޭނާ މަގާމުން ވަކިކޮށްފި އެވެ.

ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ސިނަވަޓްރާގެ ދަރިކަނބަލުން ޕޭޓޮންގްޓާންގެ ނަޒާހަތްތެރިކަން ގެއްލިފައިވާ ކަމަށްވެސް ކޯޓުގެ ހުކުމްގައި ކަނޑައަޅާފައިވެ އެވެ.

ޕޭޓޮންގްޓާންގެ މައްސަލަ ހޫނުވީ މިދިޔަ ޖޫން މަހުގެ ތެރޭގައި ލީކުވި އޭނާއާއި ކެމްބޯޑިޔާގެ ކުރީގެ ބޮޑުވަޒީރު ހުން ސެނާ ދެމެދު ފޯނުން ދެކެވުނު ވާހަކަތަކެއްގައި އޭރު ހޫނުވެފައި އޮތް ތައިލެންޑާއި ކެމްބޯޑިޔާގެ ސަރަހައްދީ ރޮނގުގެ މައްސަލައަށް ހައްލު ހޯދުމަށް ކެމްބޯޑިޔާއަށް ވަރަށް ބޮޑަށް ދޫދެއްވާ ފަދަ މޭރުމަކުން ވާހަކަދެއްކެވުމުންނެވެ.

އުމުރުފުޅުން 37 އަހަރުގެ ޕޭޓޮންގްޓާން މަގާމުން ވަކިކޮށްފައިވަނީ ލީކުވި ފޯން ކޯލަށްފަހު ސަސްޕެންޑްކޮށްފައި ދުވަސްތަކެއް ވަންދެން ބެހެއްޓުމަށްފަހު އެވެ.

ޕޭޓޮންގްޓާންއަކީ ތައިލެންޑުގެ ބޮޑުވަޒީރުގެ މަގާމު ފުރުއްވި ބޭފުޅުންގެ ތެރެއިން މަގާމުން ވަކިކޮށްފައިވާ ސިނަވަޓްރާގެ އާއިލާއަށް ނިސްބަތްވާ ނުވަތަ އެ ހާންދާނާ ގުޅުންހުރި ހަވަނަ ބޭފުޅާ އެވެ.

ޕޭޓޮންގްޓާންއަށް ބޮޑުވަޒީރުކަން ކުރެއްވުނީ ގާތްގަނޑަކަށް އެއް އަހަރު ދުވަހަށެވެ.