މިދިޔަ އަހަރު ނިމުނުއިރު ޕީއެންސީގައި 74،048 މެންބަރުން ތިބިއިރު އެމްޑީޕީގައި ތިބީ 43،784 މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އީސީ އިން ވަނީ މިދިޔަ އަހަރުގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގައި ތިބި މެންބަރުންގެ އަދަދު ހާމަކޮށްފަ އެވެ.
ޕީއެންސީ އާއި އެމްޑީޕީއަށްފަހު އެންމެ ގިނަ މެންބަރުން ތިބީ ޖުމްހޫރީ ޕާޓީގަ އެވެ. އެ ޕާޓީގައި 12،343 މެންބަރުން ތިބިއިރު އެމްޑީއޭގައި 9،686 މެންބަރުން ތިބި ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.
އަދާލަތު ޕާޓީގައި 8،267 މެންބަރުން ތިބިއިރު އެމްއެންޕީގައި 5،133 މެންބަރުން އަދި ޕީއެންއެފްގައި 3،012 މެންބަރުން ތިބި ކަމަށް އީސީ އިން ބުނެފައިވެ އެވެ.
ދަ ޑިމޮކްރެޓްސްގައި 2،952 މެންބަރުން ތިބިއިރު އެމްއެލްއެސްޑީޕީގައި ތިބީ 1،710 މެންބަރުންނެވެ.